ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި 3 މީހުން ކޯޓުން ދޫކޮށްލައިފި
އާ އަހަރު ފާހަގަކުރުމާ ދިމާކޮށް ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.ފުލުހުން މިއަދު ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.އެ މީހުންގެ ވަނަވަރު ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ. އެއީ: އިސްމާއިލް މާހީން މުސްތަފާ 26، ގ. ރެއިންބޯއަހުމަދު އާނިޝް 22، ޗާންދަނީގޭ/އައްޑޫ ހުޅުދޫއިބްރާހިމް އަކްމަލް އަބްދުއްސައްތާރު 19، ހެޕީޑްރީމް/އައްޑޫ ހުޅުދޫފުލުހުން ބުނީ އެ ތިން މީހުން ވެސް ކޯޓުން ދޫކޮށްލީ ޝަރުތުތަކާ އެކު ކަމަށެވެ.އާ އަހަރާ ދިމާކޮށް، މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވާނެ ކަމަށް ބެލެވޭތީ ފުލުހުން ވަނީ މި ދުވަސްކޮޅާ ދިމާކޮށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ