މެސެންޖާއިން މީހަކާ ގުޅުން އުފައްދައިގެން އެ މީހާގެ އެކައުންޓުން ބައި ލައްކަ ރުފިޔާ މަކަރާއި ހީލަތުން ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއާ ގުޅޭ ސްކޭމްގެ އިތުރު 10 މައްސަލައެއް އެބަ އޮތް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
އެ މައްސަލާގައި މި މަހުގެ ދެ ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ، މޫސާ މުހައްމަދު، 38، އެވެ.
އޭނާގެ ބަންދަށް ދިން ފުރަތަމަ 15 ދުވަސް ހަމަވެގެން އިއްޔެ ވަނީ އިތުރު 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ދީފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ އޭނާ ވަނީ ގުޅުން އުފައްދައިފަ އެވެ. އަދި ވައިބާ މެދުވެރިކޮށް އޭނާ، އެ މީހާއަށް ފޮނުވި ލިންކަކަށް ފިތާލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބޭންކް އެކައުންޓުން 50،000ރ. ކެނޑިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ފައިސާ ޖަމާވީ މައްސަލާގައި ތުހުމަތުވާ މޫސާ މުހައްމަދުގެ ނަމުގައިވާ އެކައުންޓަކަށެވެ.
ކޯޓު އަމުރުގައި ވަނީ މީހެއްގެ ވައިބާ ކޮމްޕްރަމައިޒްކޮށް އެ މީހާގެ އެކައުންޓުން 50،000ރ. މޫސާ މުހައްމަދުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި ހަމަ އެ ބާވަތުގެ އިތުރު 10 މައްސަލައެއްގައި ވެސް އެކި މީހުންގެ އެކައުންޓުން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ފާހަގަކުރާ ކަމަށެވެ. އަދި އެ ފައިސާ ދައްކާނެ ކަމަށް ތަހުގީގުގައި އޭނާ ބުނެފައިވާ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.
The most trusted news source in the Maldives
ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ލިބިފައިވެ އެވެ.
އެ މައްސަލަ ހުށަހެޅިކަމުގެ އިންްސިޑެންޓު ފޯމާއި އެ މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނާއި ފުލުހުން ބޭންކަށް ފޮނުވި މެއިލް އާއި އޭގެ ރިޕްލައި އަދި އެ މީހާއާ ދެކޮޅަށް ހުށަހަޅާފައިވާ އިތުރު 10 މައްސަލައިގެ އިންސިޑެންޓު ރިޕޯޓު ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ގުޅުން އުފައްދައިގެން މީހެއްގެ އެކައުންޓުން ބައިލައްކަ ރުފިޔާ ފޭރުނު މީހާ އިތުރު 10 އެކައުންޓަކުން ފޭރުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ