ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި އެން1 ސްޕޯޓްސް ޕާކު ހުޅުވައިފި

ހުޅުމާލެ ނެއިބަރހުޑް އެކެއްގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފި އެވެ.މި ޕާކް ހުޅުވާފައިވަނީ، އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ.މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމުކުރި ޕާކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.އެގޮތުން، އެ ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި މިތަން މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ