ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވިއިރު، މުބާރާތުގައި ބައިވެރިވުމަށް 3053 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ އުޞޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ. ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނިގޮތުގައި، މުބާރާތުގެ އުޞޫލަށް ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދީ، މުބާރާތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައެވެ. މިގޮތުން މީގެ ކުރިން މުއައްސަސާތަކުން ބައިވެރިވި ނަމަވެސް، މިއަހަރުން ފެށިގެން މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ފަރުދީ ގޮތުންނެވެ.
މުބާރާތުގެ އެކި ބައިތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައި، ރައީސުލްޖުމްހޫރިއްޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހާސިލުކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ވަނީ ނިންމާފައެވެ.
މި ސްކޮލަރޝިޕްގެ ދަށުން ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަނުގައި 3000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ