މިއީ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރައީސް އޮފީހާއި ހުރިހާ ވުޒާރާތަކުން ފުރިހަމައަށް އަމަލުކުރަން ފަށާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މި ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ މުއައްސަސާތަކަށާއި ސަރުކާރުގެ މުވައްޒަފުންނަށް ރައީސް ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ސަރުކާރުގެ ހުޅުވާލެވިފައިވާ މިންވަރު އިތުރުކުރުމަށް ކުރާ މަސައްކަތުގައި މިއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މައުލޫމާތުތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ