އަދަދު ނޫހުގެ ސީއީއޯ ހުސެން ފިޔާޒް މޫސާއާ ދެކޮޅަށް އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގެ ކުރިއަށްގެންދާ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ޖޫން 8، އަށް ތާވަލުކޮށްފި އެވެ.
ސިއްރުކޮށްގެން ކުރިއަށްގެންދާ މި ޝަރީއަތުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 8، ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ޖަހާއިރެވެ.
ފިޔާޒު އާއި ހަސަންގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި އެޑިޓަރު ހަސަން މުހައްމަދު ތިބެ، ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ.
ފިޔާޒު އާއި ހަސަންގެ މައްޗަށް ދައުވާ އުފުލީ "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހެވެ. އެ މައްސަލަ ބަލަން އެންގީ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ސީދާ މުއިއްޒެވެ.
ހަމަ އެރޭ ފުލުހުން ވަނީ އަދަދުގެ އޮފީހަށް ރެއިޑުކޮށް 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނެ އެވެ.
ޖެހިގެން އައި ދުވަހު ފިޔާޒް އާއި ހަސަން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ތަހުގީގުގެ ބޭނުމަށް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. މި މައްސަލައިގައި ހިމެނޭ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް، ނުފުރޭ ގޮތް ހެދި އެވެ.
މީގެއިތުރުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުއާ ސުވާލުކުރުމުން އަދަދުގެ މުހައްމަދު ޝަހުޒާން ދަނީ 15 ދުވަހުގެ ޖަލު ހުކުމެއް މާފުށި ޖަލުގައި ތަންފީޒު ކުރަމުންނެވެ. އޭނާ މިނިވަންވާނީ ބުދަ ދުވަހު އެވެ.
އަދަދުގެ ސީއީއޯ ފިޔާޒުގެ ޝަރީއަތް ޖޫން 8، އަށް ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ