ރައީސުލްޖުމްހޫރިއްޔާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ދިވެހި މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިޤްތިޞާދަށް އާ ދިރުމެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިންމުމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރ ނިކް ލޯ ވެސް ވަނީ މިއީ ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެރިފް ކަނޑާލުމުން އިނގިރޭސިވިލާތުގައި މަހުގެ އަގުތައް ހެޔޮވެ، ދިވެހި މަހަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.
އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ