ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް ރިޔާސީ ކެންޑިޑޭޓު އަބްދުالله ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ، ބޭރުކޮށްލައިފިއެވެ.
ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤުތައް ކަށަވަރުކުރުމަށް ދުސްތޫރީ މައްސަލައެއް އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ އެމަނިކުފާނު ހައިކޯޓަށް ފެބްރުއަރީ މަހު ހުށަހެޅުއްވި އިސްތިއުނާފީ މައްސަލަ ލަސްކުރާތީ ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި އެދިފައިވަނީ، ރައީސް ޔާމީނުގެ ދުސްތޫރީ މައްސަލަ އަވަސްކޮށްދީ އެ މައްސަލައިގެ ސަބަބުން ހިފަހެއްޓިފައިވާ ރައީސް ޔާމީނުގެ ދުސްތޫރީ ޙައްޤުތައް އެމަނިކުފާނަަށް އިއާދަކޮށްދިނުމަށެވެ.
ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލާފައިވާ ކަމަށް އެ ކޯޓުން ވަނީ "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ.
ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ