މިއަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި، ވާދަކުރެއްވި ތިން ކެންޑިޑޭޓުން ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް، އިސްމާއިލް ހަބީބު ވިދާޅުވީ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި، ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ، މާލީ ބަޔާންތަކަކީ އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނު ގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީ، އެ ގާނޫނުގެ ދަށުން، މި ތިން ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ކުރެ، ކޮންމެ ފަރާތެއް 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އީސީން ނިންމާފައިވާކަމަށެވެ. އެ ފައިސާ މި ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ވަނީ ކެންޑިޑޭޓުންނަށް ވަނީ އަންގާފައިވާކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.
އަދި، މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދުވެސް މިފަދައިން ޢަމަލުކުރާ ގޮތަށް ކޮމިޝަނުން ނިންމާފައިވާކަމަށް އޭނަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރެއްވީ، އެމްޑީޕީގެ ފަރާތުން އިބްރާހިމް ޝާޒާއި، ޕީޕީއެމްގެ ފަރާތުން ހުސެން ރިޒާގެ އިތުރުން އެމްއެންޕީގެ ފަރާތުން ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އާރިފެވެ. މި އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި ތިން ކެންޑިޑޭޓުން ޖޫރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ