ޔާމީނަށް ހުކުމް ކުމުން އެމަނިކުފާނުގެ ޕާޓީ އާއި ސަޕޯޓަރުން ދަނީ ޝަކީލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޝަކީލް ހައިކޯޓަށް އައްޔަން ކުރީ ޔާމީނަށް ޖަލަށްލުމުން "ޕްރޮމޯޝަން" އެއްގެ ގޮތުގައި ކަމަށް އެމީހުން ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހައިކޯޓަށް ފަނޑިޔާރުން ހޯދަން ކުރި އިއުލާނާއި ގުޅިގެން އެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އިސް ގާޒީ ޝަކީލް އައްޔަން ކުރަން ނިންމާފައިވާ ކަމަށެވެ.ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރެއްވި އިސްގާޒީ ޝަކީލް ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކުރެވުނީ މާޗް 23، 2003 ގައެވެ. ވޭތުވެދިޔަ 19 އަހަރު އެކި ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާފައިވެ އެވެ. އެގޮތުން އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި އެވެ. ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.ޝަކީލް ހައިކޯޓަށް އައްޔަނުކުރަން ނިންމާފައިވާއިރު، އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ވެސް ބެއްލެވި ގާޒީ އެވެ. ވ. އާރަށު މައްސަލަ ބެއްލެވުމަށް ފަހު ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.ޔާމީނަށް ހުކުމް ކުރެއްވުމުން އެމަނިކުފާނުގެ ޕާޓީ އާއި ސަޕޯޓަރުން ދަނީ ޝަކީލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޝަކީލް ހައިކޯޓަށް އައްޔަން ކުރީ ޔާމީން ޖަލަށްލުމުން "ޕްރޮމޯޝަން" އެއްގެ ގޮތުގައި ކަމަށް އެފަރާތްތަކުން ބުނެ އެވެ. ޝަކީލް ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަނުކުރަން ނިންމި އިރު ޔާމީންގެ މައްސަލަ މިހާރު އޮތީ ހައިކޯޓްގެ އިސްތިއުނާފުގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔާމީނަށް ހުކުން ޖެހި ގާޒީ ހައިކޯޓަށް އައްޔަން ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ