ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމުގައި ހުންނެވި ހަސަން ސައީދު އެ މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.
ހަސަން ސައީދު ރިޓަޔާކުރެއްވުމާ ގުޅިގެން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، މިއަދުން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުން ހަސަން ސައީދު ރިޓަޔާ ކުރައްވާފައިވަނީ އުމުރުން 55 އަހަރުވެފައިވުމާއެކު އޭނާގެ އެދިވަޑައިގަތުމަށް، "ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު" ގެ ދަށުންނެވެ.
ހަސަން ސައީދަކީ 21 އަހަރުގެ މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީކަމުގައި ހުންނަވަނިކޮށް ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
ގާޒީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރީ އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ބެލި ސުލޫކީ މައްސަލަތަކާ ގުޅިގެން ކަމަށްވާއިރު، މިއަހަރުގެ ފެބްރުއަކީ މަހުގެ ތެރޭގައި އޭނާ ވަނީ ފަނޑިޔާރުކަމުގެ ގާނޫނާއި ހިލާފުވުމުން ކްރިމިނަލް ކޯޓުން ވެސް ސަސްޕެންޑް ކުރައްވާފައެވެ.
ޖޭއެސްސީން ބުނިގޮތުގައި އޭނާ އެ މަގާމުން ސަސަޕެންޑް ކުރީ، ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތި ގާނޫނާ ގަވާއިދު އަދި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމުންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ރިޓަޔަރ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ