ވާރު ކާޑުގެ ދޫކުރުން ހުއްޓާލައި މާސްޓަކާޑް ބިޒްނަސްގެ ޑެބިޓްކާޑު ދޫކުރަން ފަށަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިޔަފާރިތަކަށް ވާރު ކާޑު ދޫކުރުން މެދުކަނޑާލަން ނިންމައިފި އެވެ.
ވާރު ކާޑަކީ ޓެކުހާ ގުޅޭ މުއާމަލާތްތަކަށް ޚާއްސަ ކާޑެކެވެ.
ވާރު ކާޑުގެ ބަދަލުގައި ބީއެމްއެލް އިން ވަނީ ވިޔަފާރިތަކަށް ބިޒްނަސް ޑެބިޓް ކާޑު ދޫކުރަން ނިންމާފަ އެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މިފަދަ ނިންމުމެއް ނިންމީ ބޭންކްގެ ސްޓްރެޓެޖީގެ ދަށުންނެވެ. ބީއެމްއެލްގެ ނިންމުމާ އެއްގޮތަށް އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ވާރު ކާޑު ދޫކުރުމާއި، ބަލައިގަތުން ހުއްޓާލާނެ އެވެ.
މިއީ ވިޔަފާރިތަކަށް ވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ބީއެމްއެލުން ބުނެ އެވެ. ސަބަބަކީ ވާރު ކާޑުން ކުރިން ހަމައެކަނި ކުރެވެނީ ވިޔަފާރިތަކުން ކުރާ ޓެކުހާ ގުޅޭ މުއާމަލާތްތައް އެކަންޏެވެ. ނަމަވެސް މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑުން ވިޔަފާރީގެ އެހެނިހެން ކަންކަން ވެސް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. އެގޮތުން ޔޫޓިލިޓީ ބިލުތައް ވެސް ދެއްކާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން ވިޔަފާރިތަކަށް ދޫކުރަން ނިންމާފައިވާ މާސްޓާކާޑު ބިޒްނަސް ޑެބިޓް ކާޑުން ވިޔަފާރީގެ ތަފާތު މުއާމަލާތްތައް ކުރެވި، ޔުޓިލިޓީ ބިލުތައްވެސް ދައްކާލެވޭނެ ބީއެމްއެލް އިން ބުނެ އެވެ.
ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާ އެކު ބޭނުންކުރެވޭ ބިޒްނަސް ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު އޭޓީއެމްއިން 25،000 ރުފިޔާ ނުވަތަ 1،600 ޑޮލަރު ނެގޭނެ އެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ