ސޯޅަ މީހުންނާ އެކު ބޯޓެއް ފަރަށް އަރައިފި

ސޯޅަ މީހުންނާ އެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ފަރަށް އަރާފައިވަނީ މުދާ ބަރުކޮށްގެން، 16 މީހުންނާ އެކު މާލެއިން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓް ކަމަށެވެ.
އެ ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާއާ މީހަކަށް އަނިޔާވި ކަމެއް އަދި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ