ބޮޑު މަރާމާތެއް ކުރުމަށް އެއް ނަންބަރު ރަސްމީ ފާލަން ބަންދުކޮށްފި

މާލޭ އިއްޒުއްދީން ފާލަމަކީ 2015 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރިޔާ ދޯންޏެއް ސިފަވާނޭހެން ފަރުމާކޮށް ގާއިމްކޮށްފައިވާ ފާލަމެކެވެ.
ބޮޑު މަރާމާތެއް ކުރުމަށް މާލޭ ރަސްމީ ފާލަން، "އިއްޒުއްދީން ފާލަން" ހިމެނޭ ސަރަހައްދު ބަންދުކޮށްފި އެވެ. 
މި ފާލަން މަރާމާތު ކުރަނީ އެމްޓީސީސީންނެވެ. މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.މާލޭ އިއްޒުއްދީން ފާލަމަކީ 2015 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރިޔާ ދޯންޏެއް ސިފަވާނޭހެން ފަރުމާކޮށް ގާއިމްކޮށްފައިވާ ފާލަމެކެވެ. ރައީސުލްޖުމްހޫރިއްޔާ އެކި ކަނޑުދަތުރުފުޅުތަކަށް ވަޑައިގަތުމަށާއި، ރާއްޖެއަށް އަންނަ އިއްޒަތްތެރީން އާންމުކޮށް ބޭނުންކުރަމުން އަންނަނީ އެއް ނަންބަރު ފާލަމެވެ. އިއްޒުއްދީން ފާލަމުގެ ތިރީގައި ހުންނަ ލަކުޑި ބައި ކޮންމެ ހާއްސަ ދުވަހަކާ ދިމާކޮށް މަރާމާތުކޮށް، ވަރުނީސްލައި އާބާތުރަ ފިލުވި ނަމަވެސް، މަތީގައި ރިޔާ ނަގާފައިވާ ދަގަނޑު ސްޓްރަކްޗާ ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހައި ވީރާނާވެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ