ގުރައިދޫ ދާއިރާގެ ބައިއިލެކްޝަންގެ ޕްރައިމަރީއަށް އެމްއެންޕީން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކ.ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށްގައި، އެމްއެންޕީގެ ފަރާތުން ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހު އަވަހާރަވުމާ ގުޅިގެންނެވެ.
އެމްއެންޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ ޕާޓީގެ ފަރާތުން ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުން އަންނަ އަންގާރަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ