މޫސުން ގޯސްވުމުގެ ސަބަބުން އެމްޓީސީސީން މާލެ އާއި ވިލިމާލެއާ ދެމެދު ކުރާ ފެރީ ދަތުރުތައް މެދުކަނޑަލައިފި އެވެ.
އެނގުން މުހިންމު - މާލެ ސަރަހައްދު ހިމެނޭ ގޮތަށް މުޅި ރާއްޖެއަށް ރީދޫ އެލާޓް ވަނީ ނެރަފަ އެވެ. މާދަމާ އާ ހަމައަށް ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ.
ތަފްސީލު - އެމްޓީސީސީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގެ މޫސުން ގޯސްވުމާ ގުޅިގެން މާލެ އާއި ވިލިމާލެއާ ދެމެދު ކުރާ ފެރީގެ ހިދުމަތް މިވަގުތަށް މެދުކަނޑާލި ކަމަށެވެ. އަދި މޫސުން ރަނގަޅުވުމުން އަނެއްކާ ވެސް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން ބުންނެވެ.
ވިލިމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރާ ފެރީ މެދުކަނޑާލި ނަމަވެސް އަދި ހުޅުމާލެ އާއި މާލެއާ ދެމެދު ކުރާ ފެރީގެ ދަތުރުތައް ކުރިއަށް އެބަދެ އެވެ.
އެމްޓީސީސީގެ އޮފިޝަލަކު މިރޭ 'ދައުރު'އަށް ވިދާޅުވީ، ހުޅުމާލެ ފެރީ ޝެޑިއުލްއަށް އަދި ބަދަލެއް ނުގެންނަ ކަމަށެވެ.
"ހުޅުމާލެ އާއި މާލޭގެ ފެރީގެ ޝެޑިއުލްއަށް ބަދަލު ނުގެނައި ނަމަވެސް، މާ ބޮޑަށް ކަނޑު ގަދަވުމުން ދޭތެރެ ދޭތެރެއިން ހުޓާލަން،" އޮފިޝަލް ވިދާޅުވި އެވެ،
ގުޅުން ހުރި - އިއްޔެ އިން ފެށިންގެ އާދަޔާ ހިލާފަށް ކަނޑު ގަދަވެ، ކަނޑުމަތީ އެކްސިޑެންޓުތައް ވެސް އަންނަނީ ހިނގަމުންނެވެ. އެގޮތުން މިއަދު ވެސް މާލެ އިން ވ. އަތޮޅަށް ދަތުރު ކުރި ލޯންޗެއް ރާޅެއްގައި ޖެހި، މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. އަދިވެސް މޫދަށް ވެއްޓުނު 4 އަހަރުގެ ކުޑަ ކުއްޖަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.
އިތުރަށް ކިޔާލަން -
މޫސުން ރަނގަޅުވާކަށް ނެތް، މިރޭ އުދަ އަރާފާނެ
ލޯންޗުން ކަނޑުވި އަންހެނަކު މަރުވެ ދަރިފުޅު ގެއްލިއްޖެ
މޫސުން ގޯސްވެ، ވިލިމާލެ ފެރީ މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ