ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫން ދެއްވަދޫ ކަޓުވާލައިފި، ދަޑިމަގަށް ގްރޫޕްގެ އެއް ވަނަ ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫން ދެއްވަދޫ ކަޓުވާލައިފި، ދަޑިމަގަށް ގްރޫޕްގެ އެއް ވަނަ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތެއްގެ ސެމީ ފައިނަލުން ގއ. ވިލިނގިލި ބަލިކޮށް ފުވައްމުލަކު ސިޓީ، ދަޑިމަގު ޓީމުން ޖާގަ ހޯދިއިރު، ވަރުގަދަ ސްކޮޑަކާއެކު މުބާރާތައް ނުކުތް، ގއ. ދެއްވަދޫ އިން ވާދޫ އަތްދަށުވެ، މުބާރާތުން ކަޓައިފި އެވެ.
މި ޒޯނުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި ދަޑިމަގުން ވިލިނގިލީގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ދަޑިމަގުން, ގޯލު ޖަހައި ލީޑު ނެގި އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ވިޝާހް އިބްރާހީމް އެވެ.
ދަޑިމަގުގެ ފަހު ދެ ގޯލު ވެސް ފެނިގެންދިޔައީ، މެޗުގެ ދެވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނިޓުގައި ދަޑިމަގުގެ ލީޑު ފުޅާކޮށްދިނީ ކެޕްޓަން، މުހައްމަދު ސާދް ނިޒާރް އެވެ. އަދި މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓަ ދަޑިމަގުގެ ތިން ވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ޝަމާލް އަބްދުالله (ޝައްމު) އެވެ.
މި ގްރޫޕްގައި ވާދޫއާ ދެއްވަދޫ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ނުވަ ވަނަ މިނިޓުގައި ވާދޫ އަށް ލީޑު ނަގާދިނީ ނަޝާހް އަހުމަދު (ނައްޓު) ޖެހި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެއްވަދޫގެ ހުޒައިފަތު ރަޝީދު (ހުޒޭ) ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި ނަތީޖާއާ އެކު ދެއްވަދޫ އަށް މުބާރާތް ނިމުނީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކުގަ އެވެ. މި ގްރޫޕް ދެ ވަނައިގައި ވާދޫ އޮތީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ދަޑިމަގަށް ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ވިިލިނގިލި ކެޓީ ޕޮއިންޓެއް ނުލިބި އެވެ.
މީގެ އިތުރުން ޒޯން ހަތެއްގެ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސ. ހިތަދޫ އިން ސެމީ އަށް ދަތުރުކުރީ ސ. އަތޮޅު ޗެމްޕިއަން، ފޭދޫ 6-0 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.
މި މެޗުގައި ހިތަދޫގެ އަލީ ޝަނޫން ހަތަރު ގޯލު ޖެހިއިރު, އައިމަން ނަޒީރު އަދި މުހައްމަދު އިންޝާލް ވަނީ ގޯލެއް ޖަހައިފަ އެވެ.
ޒޯން ސެމީ ފައިނަލުގައި ހިތަދޫން ކުޅޭނީ ވާދޫއާ އެވެ. އަދި ފޭދޫން ބައްދަލުުކުރާނީ ދަޑިމަގާ އެވެ.
ބ. އޭދަފުށި - ކ. މާފުށި: ޒޯން ތިނެއް (20:00)
ކ. ކާށިދޫ - ކ. ކުރެންދޫ: ޒޯން ތިނެއް (20:00)
މ. މުލަކު - ފ. ދަރަނބޫދޫ: ޒޯން ފަހެއް (21:00)
މ. ދިއްގަރު - ދ. ކުޑަހުވަދޫ: ޒޯން ފަހެއް (21:00)
ވިލިމާލެ - މައްޗަންގޯޅި: ޒޯން އަށެއް (22:00)
މާފަންނު - ހުޅުމާލެ: ޒޯން އަށެއް (22:00)
ލ. އިސްދޫ - ލ. ގަން: ޒޯން ހައެއް (23:00)
ތ. ތިމަރަފުށި - ތ. ހިރިލަންދޫ: ޒޯން ހައެއް (23:00)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ