ބައެއް މީހުން ރޯދަ ހިފައެވެ. ޒަކާތްވެސް ދެއެވެ. އެމީހުންނަކީ ދުވާލަކު 1000 ފަހަރު ޝަހާދަތް ކިޔާބައަކަށްވެސް ވެދާނެއެވެ. އެކަމަކު އެމީހުންގެ ތެރޭގައި ކާފިރުންނާއި މުނާފިޤުން އެބަތިއްބެވެ.
ސަބަބަކީ ނަމާދު ނުކޮށް ހުންނަ މީހަކީ ކާފިރެކެވެ. އަދި ފަރުޟް 5 ނަމާދަށް ރައްކައުތެރިނުވާނަމަ އެއީ މުނާފިޤެކެވެ. މިއީ އަހުރެން ބުނާ ވާހަކައެއް ނޫނެވެ. ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ނަމާދުކުރުމަށް ކަންނެތްވުމަކީ މުނާފިޤުންގެ ސިފައެއް ކަމަށް އޮތަތީއެވެ.
- ޝައިޚް ޢާޞިމް އަލް-ޙަކީމް
ވިސްނާލަންވީ އަމިއްލަ ޢާއިލާގެ މީހުންގެ ޙާލާއިމެދުގައެވެ. އެކުވެރިންގެ ޙާލާއިމެދުގައެވެ. އެއްގޮތަކަށްވެސް ފަރުޟް ނަމާދުތައް ނުކުރާ މީހުންނާއި އަދި ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވާ މީހުން ގިނަކަމުންނެވެ.
އެމީހުންނަކީ އެއްގޮތަކަށްވެސް ނަމާދުނުކުރާ މީހުންކަމުގައިވާނަމަ ނުވަތަ އެމީހުންނަކީ ފަރުޟް 5 ނަމާދަށް ރައްކައުތެރިނުވާ ބައަކު ކަމުގައިވާނަމަ އެމީހުންނަކީ ރޯދަ ހިފައި ޒަކާތްދީ ކޮންމެ ދުވަހަކު އެތައްފަހަރަކު ޝަހާދަތް ކިޔައި އުޅޭބައަކަށް ވިޔަސް ކާފިރުންކަމުގައި ނުވަތަ މުނާފިޤުން ކަމުގައިވާނެ ކަމާއިމެދުގައެވެ. ވިސްނާލަންވީ އެޙާލަތުގައި އެމީހަކު މަރުވެއްޖެނަމަ އެމީހަކާއިމެދުގައި ކަންކަންވެގެންދާނެ ގޮތާއިމެދުގައެވެ.
މިކަންކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުވަން އެމީހަކަށް ކުރެވެން އޮތް ކަމެއް ކުރުމުން އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ. ވީމާ މި ލިޔުން ނުވަތަ ޝައިޚްގެ ބަސްފުޅު ޝެޢާކޮސްލެއްވުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ
މިއީ ޝެއާކޮށްލުމުން ޘަވާބު ލިބޭނެ ލިޔުމެއް! އިން ޝާ ﷲ! ރޯދަ ހިފިޔަސް، ޒަކާތްދިނަސް ދުވާލަކު 1000 ފަހަރު ޝަހާދަތް ކިޔަސް ކާފިރުންނާ މުނާފިޤުން ކަމުގައިވާނެ މީހުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ