ޖާހުގެ އެއްބަސްވުން އުވާލައި ތަން ހަވާލުކުރަން އެޗްޑީސީން އަންގައިފި “ރައިސީނާ ޑައިލޮގް”ގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު އިންޑިއާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހްމަދު އައްޔަންކުރައްވައިފި އޭއޯ ރޯދައިގެބަދިގެ: އޯޓްމީލ

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ޖޭއެސްސީން ރޭ ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން ނެވެ.
އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ބުރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ރޭ ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާއަރުވާށެވެ.
އިންޓަވިއު އަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރަން ރައީސަށް ލަފާއަރުވަން ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އެހެންވެ ޖޭއެސްސީން ވަނީ ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް މިރޭ ސިޓީ ފޮނުއްވާފަ އެވެ.
ރައީސް މުއިއްޒަށް ލަފާ ލިބިވަޑައިގަތުމުން ޝަހީދުގެ ނަން ފޮނުއްވާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށެވެ.
އައްޑޫސިޓީ ގެ ބޭފުޅެއް ކަމުގައިވާ ޝަހީދު ، ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. ފަނޑިޔާރު ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ