ރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން ހައްޔަރު ކުރި ދެ ޒުވާނުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޅެމަކުން މެސެޖެއް ދެއްވައިފި އެވެ.
އެ މެސެޖު އެމަނިކުފާނު ދެއްވީ އެކްސް ގައި ޕޯސްޓެއް ކުރައްވަ އެވެ.
ރޭގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރީ ނ.ކުޑަފަރި / ބަގީޗާގެ އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، އާއިޝަތު ޝިމަން އަހްމަދު (19އ) އެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.
Advertisement
ނަޝީދު ވަނީ މަހްޒޫމް އާއި ޝިމަންއަށް އެމަނިކުފާނުގެ ފަރާތްޕުޅުން އޮތް މެސެޖު ޅެމަކުން ހިއްސާ ކުރައްވާފަ އެވެ.
ހިއްސާ ކުރެއްވީ "މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް, ފިތުރަތުގެ އުސޫލުން ނިމިދަނީ ފަތިހަށެ އަމުރުން" މި ޅެމެވެ.
މިއީ ސިޔާސީ އެކި ސްޕީޗްތަކުގައި ނަޝީދު ވަރަށް ގިނައިން ބޭނުން ކުރައްވާ ޅެން ބައިތަކެވެ.
ފުލުހުންގެ ބަންދުގައިވާ ދެ ޒުވާނުން ނަޝީދުގެ މެސެޖެެއް ޅެމަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ