ބީއެމްއެލްގެ ރަން ފުރުސަތު ރޯދަ ޕްރޮމޯޝަނާއި އިތުރު ފިހާރަތަކެއް ގުޅިއްޖެ

ބީއެމްއެލްއިން ރޯދަ މަހު އެކި ފިހާރަތަކާ އެކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ރަން ފުރުސަތު" ޕްރޮމޯޝަނުގައި އިތުރު ތިން ފިހާރައަކުން ބައިވެރިވެއްޖެ އެވެ.ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މިފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކުވެސް ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.މި ގޮތުން މިއަދުން ފެށިގެން އޭޕްރީލް ހަތް ވަނަ ނިޔަލަށް ކުރިއަށް ގެންދާ މިޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެމި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެ ފިހާރަތަކުން 300ރ. އިން މަތީގެ ވިޔަފާރިކޮށްގެންނެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ރޯދަ މަހުގެ ނިޔަލަށެވެ.ބީއެމްއެލްގެ "ރަން ފުރުސަތު" ޕްރޮމޯޝަން އެސްޓީއޯގެ ފިހާރަތަކުގައި ވެސް ކުރިއަށް ދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ