ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ މެންބަރުކަމަށް ޒަމްޢަތު އަޙްމަދު ވަޙީދު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ އަލްފާޟިލާ ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ޙާޞިލްކުރައްވާފައެވެ. ޒަމްޢަތު އަޙްމަދު ވަޙީދު މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ