ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފަައިވެ އެވެ.
ނަމަވެސް މިފަދަ ގަރާރުތައް ވެރިކަން ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ދަނީ ބޭރުކޮށްލަމުންނެވެ.
ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ ތޮބީއަތުގެ ގޮތުން އިތުރު ގަޑީގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ ހާލަތު މެދުވެރިވި ނަމަވެސް، މިހާރު ކަނޑައަޅާފައިވާ ގޮތުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ލިބޭނީ މުސާރައިގެ ވަކި ނިސްބަތަކާ ހަމައަށެވެ.
އަމީންގެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ދާއިރާތަކުގައި އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ މަގާމުގެ އަސާސީ މުސާރައިގެ، އެންމެ ގިނަވެގެން 10 އިންސަންތައަށް ވާ މިންވަރަށް ވުރެ އިތުރަށް މަސައްކަތް ކުރި ނަމަވެސް އިތުރަށް ފައިސާއެއް ނުލިބެ އެވެ.
އެހެންވެ، ސިއްހީ ހިދުމަތުގެ ދާއިރާއާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތުގެ ފެންވަރާއި ހާލަތް ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި ހިއުމަން ރިސޯސް އޮޑިޓެއް ހަދައި އިތުރު ގަޑީގައި މަސައްކަތްކުރުވުމުގެ އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، އެކަންކަމަށް، އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
ދައުލަތުގައި އެންމެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ދެ ދާއިރާއަކީ މިއެވެ.
ސިއްހީ ދާއިރާ އާއި ޓީޗަރުންގެ މުސާރަ ބޮޑުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރު ގަޑީގެ އުސޫލު ބަދަލުކުރަން ގަރާރެއް ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރު ގަޑީގެ އުސޫލު ބަދަލުކުރަން ގަރާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ