ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ދެ ފަނޑިޔާރަކު ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފިއެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި:
ސުޕްރީމް ކޯޓުގެ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ހުޅުވާލާފައިވާއިރު އެޕްލިކޭޝަން ހުށަހަޅާނީ ޖޭއެސްސީގެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކަށް ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑިއެއް ހުސްވީ، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމުންނެވެ.
އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ޖޭއެސްސީ އިން ނިންމައިފި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި ޖޭއެސްސީއަށް ހުސްނުއްސުއޫދު އައްޔަން ކުރައްވައިފި ގުޅީފަޅު ހިއްކުން ހުއްޓާލުމަށް ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ