ވީކެންޑްގެ ފިލްމު އެއް ބަޔަކަށްވެސް ކަމަކު ނުދިޔަ
މިހާރު ދުނިޔޭގައި ހުރި އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ ކަމަށްވާ އޭބެލް ތެސަފެޔާ ނުވަތަ ސްޓޭޖް ނަމުން ނަމަ "ދަ ވީކެންޑް"ގެ އެންމެ ފަހުގެ އަލްބަމް "ހަރީ އަޕް ޓުމޯރޯ" އާ ގުޅުވައިގެން އުފެއްދި ފިލްމު ބޮޑު ފްލޮޕަކަށް ވެއްޖެއެވެ. ވީކެންޑް އެންމެ ފަހުން ނެރެފައިވާ އަލްބަމަކީ އޭނާ ވީކެންޑްގެ ގޮތުގައި ނެރޭނެ އެންމެ ފަހު އަލްބަމެވެ. ވީކެންޑް އަކީ އޭނާ އުފައްދާފައިވާ ކެރެކްޓަރެކެވެ. އަދި މި އަލްބަމް އާއެކު ކެރެކްޓަރުގެ ނިމުން އަންނަނީ ކަމަށް އޭނާ ބުންޏެވެ. އަލްބަމަށްފަހު އެ އަލްބަމަށް ބިނާކޮށް ފީޗާ ފިލްމެއް ނެރޭނެ ކަމަށް އޭނާ އިއުލާނު ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީގައެވެ. އެއާއެކު ގިނަ ފޭނުން ތިބީ އެ ފިލްމަށް ކެތް މަދުވެފައެވެ. https://x.com/hizzukkth/status/1923061253301309681 އެންމެފަހުން މި ހަފުތާ ބަންދުގައި ފިލްމު ވަނީ ސިނަމާތަކުގައި ދައްކަން ފަށާފައެވެ. އެއާއެކު އާންމުންގެ ހިޔާލުތައް ވަނީ ފިލްމަށް ލިބެން ފަށާފައެވެ. ނަމަވެސް އެއާއެކު އެތައް ބަޔަކު އަންނަނީ ފިލްމަށް ފާޑު ކިޔަމުންނެވެ. ފިލްމުގެ ރިވިއުތައް މިހާރު އަންނަނީ ކްރިޓީކުންގެ ފަރާތުންވެސް ހިއްސާކުރަމުންނެވެ. މި ފިލްމު ރިވިއުތައް ޑެބިއޫ ކުރި އިރު ފުލްމަށް ރޮޓެން ޓޮމާޓޯސްގައި ލިބިފައިވަނީ ސުން ޕަސެންޓެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 15 އަށް އުފުލިފައެވެ. އެހެންނަމަވެސް މިއީ މާ ބޮޑު ކުރިއެރުމެއް ނޫނެވެ. ފޭނުން ބުނަމުން އަންނަނީ ފިލްމާ ދުރުވެ ހަމައެކަނި މިއުޒިކަށް ސަމާލުކަން ދިނުމަށެވެ. ކްރިޓީކުންވެސް ބުނަމުން އަންނަނީ އެފަދަ ވާހަކައެކެވެ. އެޑްވާޑް ޝޫލްޓްސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ ފިލްމެކެވެ. ފިލްމުގައި ވީކެންޑްގެ އަލްބަމްގެ ހުރިހާ ލަވައެއް ހިމަނާފައިވާއިރު ފިލްމުގައި އޭނާގެ އިތުރުން ދެން ފެންނާނީ ޖެނާ އޯޓޭގާ އާއި ބެރީ ކޯހެން އެވެ. މި ފިލްމުގައި އަލި އަޅުވާލާނީ މިއުޒީޝަނެއްގެ ދިރިއުޅުމަށެވެ. އިންސޮމްނިއާ ހުރި މި މިއުޒީޝަނުގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަނީ އޭނާގެ ދިރިއުޅުމަށް އަންހެނެއް އަންނަ ހިސާބުންނެވެ. ފިލްމު ބިނާކޮށްފައި ވަނީ މި ވާހަކައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ