ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ކުރި އިއުލާން ބާތިލު
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާން ބާތިލްކޮށްފި އެވެ.ހައި ކޯޓުގައި ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން އިއުލާން ކުރީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ. ޖޭއެސްސީގެ އިއުލާންގައި އޮތީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމަށެވެ.ނަމަވެސް ޖޭއެސްސީން މިހާރު ވަނީ އެ އިއުލާން ބާތިލުކޮށްފަ އެވެ. އިއުލާން ބާތިލުކުރި ސަބަބެއް ބުނެފައެއް ނުވެ އެވެ.ހައިކޯޓުގައި މި ވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. ހައިކޯޓުގެ ބެންޗުގެ ޖުމްލަ އަދަދަކީ 11 ފަނޑިޔާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ