ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ރޭ ބާއްވައި 96 މުވައްޒަފެެއްގެ އަގު ވަޒަންކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ބާއްވާ ހާއްސަ ހަފްލާއެކެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފްލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އަދި ދިރާގުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ދިރާގުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
ތަފްސީލް - މި ހަފްލާގައި ދިރާގަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 96 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. އެގޮތުން:
ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައި
މިދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތް ގޮތުން ހިއްސާވެފައިވާ 42 މުވައްޒަފުންނަށް ވެސް ވަނީ އެވޯޑް ދީފައި؛ އޭގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 15 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނޭ
ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާޕާސަންސް އެވޯޑް ލިބިފައިވަނީ ދިރާގުގެ ޓްރާންސްޕޯޓް ނެޓްވޯކްސްގެ މުހައްމަދު ޝަންމޫން ޝަފީގަށެވެ.
ޝަންމޫން ވަނީ، ދިރާގުން ބުނި ގޮތުގައި، މިދިޔަ އަހަރު ދިރާގުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު އަދި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން:
ރާއްޖޭގައި ގާއިމްކުރި ސަބްމެރިން ކޭބަލް ސިސްޓަމްގެ ފަސް އާ ސަބްމެރިން ކޭބަލް ލިންކް ގާއިމުކުރުމުގެ މަޝްރޫއު ހިންގި
މޯލްޑިވްސް-ސްރީލަންކާ ކޭބަލް ނިޒާމު ފެންވަރު ރަނގަޅު ކުރުމަށް ހިންގި މަޝްރޫއުގައި އަމަލީ ގޮތުން ބައިވެރިވި
ސީމީވީ6 ލޭންޑްރޫޓް ގާއިމްކޮށް އަދި ބީޗު މޭންހޯލް އިމާރާތްކުރުމުގައި މުހިންމު ދައުރެއް އަދާކުރި
ދިރާގުން 96 މުވައްޒަފެެއްގެ އަގު ވަޒަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ