ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ފައިސާ ލަސްވަމުންދަނީ ހުށައަޅަންޖެހޭ ބައެއް ލިޔެކިޔުންތައް ފުރިހަމަ ނުވާތީ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފަރުވާ ނުވަތަ ތެރަޕީ ފުރިހަމަކުރުމަށްފަހު، އެކަމަށް ހޭދަވި ފައިސާގެ ސްލިޕްތައް އެންސްޕާއަށް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި ފައިސާ ދޫކުރުމުގައި ކުރިން ހޯދާފައިވާ ޚިދުމަތްތަކުގެ ފައިސާ ދައްކާފައިވާ ގޮތާއި އެހެނިހެން ހިސާބުތަކަށްވެސް ބަލަމުންދާ ކަމަށެވެ. އަދި ތެރަޕީ ސެންޓަރުތަކުން ހޯދަންޖެހޭ ޑޮކިއުމަންޓް ފަދަ ތަކެތި ނުހިމެނުން ނުވަތަ ބައެއްކަހަލަ މައުލޫމާތު ފުރިހަމަ ނުވެހުރުމުން ފައިސާ ދިނުމުގައި ލަސްތަކެއް އަންނަކަމަށް ހީނާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަމުންދާކަން ފާހަގަކުރައްވަމުން، މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް 675 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. މިކަމަށް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 91 އިންސައްތައިގެ އިތުރުވުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެންސްޕާއިން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފައިސާ ދޫކުރުމުގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިކަމުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއްކަން ހީނާ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްދޭ ފައިސާ ލަސްވަނީ، ހުށައަޅާންޖެހޭ ބައެއް ލިޔެކިޔުންތައް ފުރިހަމަ ނުވާތީ: ހީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ