ތިލަ އުތުރު ވޮލީ މުބާރާތް: މިއަދު ހަވީރު އިހަވަންދޫ ދިއްދޫ، ވާދަވެރި ވާނެ

ހއ. ހޯރަފުށީގައި މި ހާރު ކުރިއަށްދާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި މިއަދު ހަވީރު ހއ. ދިއްދޫ އަންހެން ވޮލީ ބޯޅަ ޓީމާއި އިހަވަންދޫ އަންހެން ވޮލީ ބޯޅަ ޓީމު ވާދަކުރަން ތައްޔާރުވެއްޖެ އެވެ. ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މެޗް ފަށާނީ މިއަދު ހަވީރު 16:00 ގައި އެވެ. މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި މޮޅަދޫ ނިކުންނާނީ ހޯރަފުއްޓާއި ދެކޮޅަށެވެ. މި އަހަރުގެ މުބާރާތުގައި ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. މުބާރާތް ހޯސްޓް ކުރާ ރަށް - ހޯރަފުށީ ކައުންސިލުން ބުނީ މުބާރާތުގެ އެއް ވަނަ އަށް ހޮވޭ ޓީމަށް ހޯރަފުށީ ކައުންސިލާޢީ ޑަބްލިޔުޑީސީ އިން ހަދިޔާ ކުރާ 50000 ރުފިޔާ އަދި ހއ އަތޮޅު ކައުންސިލުން ހަދިޔާ ކުރާ 20000 ރުފިޔާ އެކު ޗެމްޕިއަން ޓީމަށް ޖުލްލަ 70000 ރުފިޔާގެ ލިބޭނެ ކަމަށެވެ.މީގެ އިތުރުން މުބާރާތުގެ ދެ ވަނަ އަށް ހޮވޭ ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ.  "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ