ބާކީ ކުރުމަކީ ލާމަރުކަޒީ ނިޒާމު ދަންނަ ކަންކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭސިޓީ މޭޔަރ އާދަމް އާޒިމް އެހެން ވިދާޅުވީ މިއަދު ފެށި ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ގައުމަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ ސަރުކާރުން ކައުންސިލްތަކަށް އިހުތިރާމު ކޮށްގެން ކަމަށް ވިދާޅުވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ ހުންނަ ކަންބޮޑުވުންތަކާއި އޭގެ ހައްލު އެންމެ ފުރިހަމަ ގޮތުގައި ހޯދޭ ނިޒާމަކީ ލާމަރުކަޒީ ނިޒާމު ކަމަށެވެ. "ވަކިވަކިވުމާއި ބާކީ ކުރުން އެއީ އެ ނިޒާމު ދަންނަ ކަންކަމެއް ނޫން" މާލޭ މޭޔަރ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވި ގޮތުގައި ގައުމުގައި ކަނޑައެޅިފައި ހުންނަ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީ އެފަދަ ވެށްޓެއް ގާއިމު ކުރެވިފައި އޮވެގެންނެވެ. ގައުމީ ތަރައްގީގައި އިސްކަންދޭ ތަރުތީބުގެ ތެރެއިން ރަށްފުށުގެ ތަރައްގީ ވައްދައިގެން ނޫނީ ދެމެހެއްޓެނިވި ތަރައްގީ ނުހޯދޭނެ ކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރެވޭނީ ސަރުކާރާއި ރަށްފުށުގެ ކައުންސިލްތަކާއި އިހުތިރާމު ލިބިގެންވާ އީޖާބީ ގުޅުމެއް ގާއިމުވެފައި އޮވެގެން ކަމަށްވެސް އާޒިމު ފާހަގަ ކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފުރިހަމައަށް ހިންގައިގެން ދިވެހިރައްޔިތުންނަށް ބާއްޖަވެރި އުފާވެރި މުސްތަގުބަލެއް ފެންނާން އެބަ އޮތް ކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.
މިއަދު ފެށި، ކައުންސިލްތަކުގެ އަހަރީ އާއްމު ކޮންފަރެންސްގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ބޭރުގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވެއެވެ.
ބާކީކުރުމަކީ ލާމަރުކަޒީ ނިޒާމު ދަންނަކަމެއް ނޫން: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ