އެ ސިޓީގައި، ފުލުހުން ނެރުނު ބަޔާނުގައި ހުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ހަގީގަތާ ހިލާފު މައުލޫމާތު ފުލުހުން ހާމަކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށް ރަސްމީކޮށް ފުލުހުން އެދިފައި ނުވާ ކަމަށް އާއިލާއިން ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އާއިލާގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. ޔުމްނު މެލޭޝިއާއަށް އިތުރު ފަރުވާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން އެ ގައުމުގައި ތިބި ކަމަށް ވެސް ފުލުހުން ބުންޏެވެ.ފުލުހުން ނެރުނު ބަޔާނާ ގުޅިގެން ޔުމްނުގެ އާއިލާއިން މިއަދު ވަނީ އެކްޓިން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި، ފުލުހުން ނެރުނު ބަޔާނުގައި ހުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ހަގީގަތާ ހިލާފު މައުލޫމާތު ފުލުހުން ހާމަކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.އޭގެ އިތުރުން، ތަހުގީގަށް އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން، އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށާއި، ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާއިން ހުރަސް ނާޅާނެ ކަމަށް ސިޓީގައިވެ އެވެ.ޔުމްނުގެ ދައްތަ، އާއިޝަތު ނާއިޝާ އަހުމަދު ރަޝީދު ސޮއިކޮށް ފޮނުވި އެ ސިޓީގައި ވަނީ ޔުމްނުގެ ބަޔާން ނަގަން ފުލުހުން ރަސްމީކޮށް އެދިފައި ނުވާ ކަމަށާއި، ބަޔާނެއް ނަގަން ރަސްމީކޮށް ލިޔުމުން އަންގައިފިނަމަ، އެކަމަށް އާއިލާއިން ޖަވާބުދާރީވާނެ ކަމަށެވެ.
"ހައްވާ ޔުމްނު ރަޝީދަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ މިވަގުުތު އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން ވެސް އެނގެން އޮތްކަމުގައި ދަންނަވަމެވެ." އެ ސިޓީގައިވެ އެވެ.ސިޓީގައި ބުނެފައި ވަނީ ޔުމްނުގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް އާއިލާއިން ފުލުހުންނާ ހިއްސާ ނުކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެފަދަ މައުލޫމާތެއް ހޯދަން ފުލުހުންގެ ފަރާތުން އެދިފައިވެސް ނުވާ ކަމަށެވެ. އަދި، ފުލުހުންގެ ތަހުގީގަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ބުނާ ވާހަކަ ވެސް ދޮގުކޮށްފައިވެ އެވެ. އެގޮތުން، ޔުމްނުގެ އާއިލާއާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމައިރު، މެލޭޝިއާގައި ދޮޅުގަޑިއެއްހާއިރު ބައްދަލުވުމެއް ބާއްވައިފައިވާކަން އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ."އާއިލާގެ އެންމެ ބޮޑު މަސްލަހަތެއް މިވަގުތު އޮތީ އޭނާއަށް އެކަށީގެންވާ ފަރުވާ ލިބިދިނުމާއެކު، އޭނާއަށް އިންސާފު ހޯދުމަށް މަސައްކަތް ކުރުމުގައެވެ. އެކަމުގައި ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފުލުހުންނަށް ދޭން ޖެހޭ އެންމެހާ އެއްބާރުލުމެއް އާއިލާގެ ފަރާތުން ދޭނެކަމުގައި ދަންނަވަމެވެ." އެ ސިޓީގައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔުމްނުގެ ބަޔާން ނަގަން ރަސްމީކޮށް ފުލުހުން އެދިފައެއް ނުވޭ: އާއިލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ