މެޑްރިޑް (މެއި 26) - ރެއާލް މެޑްރިޑްގެ ކޯޗުކަމާ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ސްޕެއިނުގެ ޒަބީ އަލޮންސޯ ހަވާލީ ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި އިޓަލީގެ ކާލޯ އަންޗެލޮޓީ އަށް ވުރެން ކުޑަ މުސާރަ އަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރެއާލުން އިއްޔެ ވަނީ ރަސްމީކޮށް އަލޮންސޯ އެ ޓީމާ ހަވާލުވެފައިވާކަން އިއުލާނުކޮށްފަ އެވެ. ރެއާލަށް 236 މެޗު ކުޅެދީފައިވާ އަލޮންސޯ، އެ ކްލަބްގެ ކޯޗުކަމާ ހަވާލުވި ކޮންޓްރެކްޓް އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ރިޕޯޓްތައް ބުނާގޮތުން، ބޯނަސްއާ އެކު، އަލޮންސޯ އަށް ރެއާލުން މުސާރަައިގެ ގޮތުގައި އަހަރަކު، 7-9 މިލިއަން ޑޮލަރު ދޭނެ އެވެ. މިއީ، ކުރިން ރެއާލަށް ކޯޗުކޮށްދިން އަންޗެލޮޓީ އެންމެ ފަހުން ހުރި މުސާރަ އަށް ވުރެ ކުޑަ އަދަދެކެވެ. އަންޗެލޮޓީ، އެންމެ ފަހުން ހެދި ކޮންޓްރެކްޓްގައިވާ ގޮތުން، ބޯނަހާ އެކު، އޭނާ އަށް އަހަރެއްގެ މައްޗަށް 11 މިލިއަން ޑޮލަރު ލިބެ އެވެ.
ރެއާލުން ވަނީ، އަލޮންސޯ ކުރިން ހުރި ކްލަބް، ޖަރުމަނުގެ ބަޔާ ލެވަކޫސަންގައި އޭނާ ހުރި ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ވެސް ދީފަ އެވެ. އެ ގޮތުން، އަލޮންސޯއާ އެކު، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަަލަށް ލެވަކޫސަނުން ހަދާފައި އޮތް ކޮންޓްރެކްޓް އުވާލުމަށް، ރެއާލުން 12 މިިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ.
ރެއާލާއި ލިވަޕޫލް އަދި ބަޔާނަށް ކުރިން ކުޅުނު އަލޮންސޯ، 2017 ވަނަ އަހަރު، ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު، ޖެހިގެން އައި އަހަރު ރެއާލްގެ 14 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދެމުން، ޔުއެފާގެ އެލީޓް ކޯޗިން ކޯސް ފުރިހަމަކުރި އެެވެ. އެ ފަހަރު، އޭނާ ވަނީ ރެއާލްގެ ޖޫނިއާ ޓީމަށް ޔޫތު ލީގު ޗެމްޕިއަންކަން ވެސް ހޯދައިދީފަ އެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު ޖުލައި، މަހު ލަ ރެއާލް ކޯޗުކަމާ ހަވާލުވެ، އަލޮންސޯ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ފަސް ވަނަ ހޯދައިދީފަ އެވެ. ޖެހިގެން އައި ސީޒަނުގައި އެ ޓީމުން ލީގުގެ އެއް ވަނަ ހޯދިއިރު، ލަނޑުގެ ތަފާތު ވެސް އެންމެ ރަނގަޅީ އެ ޓީމުގެ އެވެ.
އަލޮންސޯ ރެއާލާ ހަވާލުވީ އަންޗެލޮޓީ އަށް ވުރެން ކުޑަ މުސާރަ އަކަށް އަލޮންސޯ ރެއާލާ ހަވާލުވީ އަންޗެލޮޓީ އަށް ވުރެން ކުޑަ މުސާރަ އަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ