މެންޗެސްޓާ (މެއި 14) - މެންޗެސްޓާ ޔުނައިޓެޑުން އަންނަ ހަފްތާގައި ޔޫރޮޕާ ފައިނަލުގައި ކުޅޭއިރު، އެ މެޗު ބަލަންދާ ޔުނައިޓެޑްގެ 30 ބެކްރޫމް ސްޓާފުންނާއި އެ ފަރާތްތަކުގެ އާއިލާ މެމްބަރުންގެ ޓިކެޓް ފައިސާ، ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޮރިމް އަމިއްލަ ޖީބުން ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑްގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް މިދިޔަ އަހަރުން ފެށިގެން އަޅަމުން އަންނައިރު، މި މަހުގެ 21 ވަނަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލް މެޗަށް ދާ ޔުނައިޓެޑްގެ ބެކްރޫމް ސްޓާފުން ޓިކެޓްގެ ބޮޑު ބައި ހަރަދުކުރަން ޖެހޭނީ އަމިއްލަ އަށް ކަމަށް އެންގި އެވެ.
އެ ގޮތުން، ޔުނައިޓެޑުން ދޭން ނިންމީ، ކޮންމެ ސްޓާފަކަށް މެޗު ޓިކެޓްގެ ދެ ޓިކެޓް އެކަންޏެވެ. މީގެ ކުރިން، ދެމުން އައި، ދަތުރު އެލަވަންސާއި އެކޮމަޑޭޝަން އެލަަވަންސް ނުދޭން ކްލަބުން ނިންމި އެވެ.
އެއާ އެކު، ޔުނައިޓެޑްގެ ކޯޗުކަމާ މިދިޔަ ނޮވެމްބަރު މަހު ހަވާލުވި، ޕޯޗުގީސް ކޯޗު، އަމޮރިމް ވަނީ، އޭނާގެ އަމިއްލަ ހަރަދުގައި، ޔުނައިޓެޑްގެ 30 ބެކްރޫމް ސްޓާފުންނާއި އެ ފަރާތްތަކުގެ އާއިލާ އަށް ޓިކެޓާ ގުޅޭ ހަރަދުތައް ހަމަޖައްސައިދޭން ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަމޮރިމް ވަނީ ބެކްރޫމް ސްޓާފުންގެ ދަތުރު ޓިކެޓާއި މެޗު ޓިކެޓް ދޭން ނިންމައިފަ އެވެ.
މި ވާހަކަތައް މީޑިއާގައި ދެކެވެން ފެށުމާ އެކު، ޔުނައިޓެޑްގެ އޮފިޝަލަކު މީޑިއާގައި ބުނީ، މި ގޮތަށް ނިންމަން ޖެހުނީ ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުންނަށް ޓިކެޓް ލިބޭނެ ގޮތެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
ޔުނައިޓެޑުން މި ގޮތަށް ނިންމިއިރު، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ޕީއެސްޖީގެ 600 ސްޓާފުން ފައިނަލް ބަލަން މިއުނިކަށް ދިއުމުގެ ހުރިހާ ހަރަދަކާ އެ ކްލަބުން ވަނީ ހަވާލުވެފަ އެވެ.
ޔޫރޮޕާ ލީގު ފައިނަލަށް އަމޮރިމްގެ އަމިއްލަ ޖީބުން ޔުނައިޓެޑުގެ ސްޓާފުންނަށް ޓިކެޓް ދެނީ ޔޫރޮޕާ ލީގު ފައިނަލަށް އަމޮރިމްގެ އަމިއްލަ ޖީބުން ޔުނައިޓެޑުގެ ސްޓާފުންނަށް ޓިކެޓް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ