ޑެންގީ ކޭސްތައް އިތުރުވެ، ސަމާލުވުމަށް އެޗް.ޕީ.އޭ އިން އެދިއްޖެ

ރާއްޖޭގެ
ބައެއް ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވެއްޖެ
ކަމަށާއި މިބަލިން ރައްކާތެރިވުމަށް ސަލާމަތީ ފިޔަފަޅުތައް އެޅުމަށް ހެލްތު
ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އެދެފިއެވެ. އެޗްޕީއޭ ގެ ތަފާސް
ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރިޕޯޓުކުރެވިފައިވާ ކޭސްތަކުގެ އަދަދު ތިރީގައި އެވަނީއެވެ:
ޖަނަވަރީ:
75
ފެބްރުއަރީ:
80
Advertisement
މާރިޗް:
73
އޭޕްރީލް:
124
2025 ވަނަ
އަހަރުގެ ވޭދިޔަ މަސްތަކާ އަޅާ ބަލާއިރު އޭޕްރީލް މަސް ތެރޭގައި ޑެންގީ ހުން ޖެހިގެން
ރިޕޯރޓްކޮށްފައިވާ އަދަދު ވަނީ އިތުރު ވެފައިވާކަމަށާއި، މި އަހަރު މިހާތަނަށް އެންމެ
ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައަދުގެ އިތުރުން ރ އަދި
އއ އަތޮޅުން ކަމަށް އެޗްޕީއޭ އިން މަޢުލޫމާތުދެއެވެ.
1. މަދިރި ހެފުމުން ރައްކާތެރިވުން:
????މަދިރި ހެފުމުން ރައްކާތެރިވުމަށް
މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން. މަދިރި ލޯޝަން/ ސްޕްރޭ ބޭނުން ކުރުމުގައި ތިރީގައި
ދެންނެވިފައިވާ މާއްދާތައް ހިމެނޭ  ތަކެތި ބޭނުންކުރުން
މުހިންމު. DEET,
Picaridin (KBR3023 or Icaridin), IR3535, OLE,PMD and 2-undecanone)
????ވީހާވެސް ބޮޑަށް ހަށިގަނޑު
ނިވާވާގޮތަށް ފޭރާންލުން.
????ކުޑަދޮރު ފަދަ ތަންތާނގައި
މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން.
????މަދިރި ގިނަވާ ވަގުތުތަކުގައި
ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
2. މަދިރި އާލާވާ ތަންތަނާއި ތަކެތި
ނައްތާލުން:
????ގެއާއި ގޯތިތެރޭގައި ފެން ހަރުލާ
ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން އަދި
ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުން/ބަންދުކުރުން.
????އާއްމު ތަންތަނާއި މަގުމަތީ އަދި
ކޮންސްޓްރަކްޝަން ސައިޓްތަކުގައި ފެންހަރުލާ ގޮތަށް ހުންނަ (ހުސްފުޅި އާއި ދަޅު، ކޮންސްޓްރަކްޝަން
މަސައްކަތް ކުރުމަށް ގެންގުޅޭ) ތަކެތި ފެންހަރުނުލާނޭހެން ބަންޑުން ޖެހުން/ މަތިއެޅުން.
????މަދިރި ފަނި ނައްތާލުމަށް ބީ.ޓީ.އައި
ނުވަތަ ޓެމިފޯސް ބޭނުންކުރުން.
????ދައުރު ނުވާގޮތަށް ހުންނަ ބޮޑެތި
ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސް ލުން.
ސާފު ފެން
ހަރުލާ ކޮންމެ ތަނެއްގައި އީޑިސް މަދިރި ބިސް އަޅާ އާލާވާކަމަށާއި، އީޑިސް މަދިރި ފަނި
އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް، އެތަކެތީގައި މަދިރި ބިސް ހަރުލާފައި
ހަލާކުނުވެ 6 މަސްދުވަހަށްވުރެ ގިނަ ދުވަހު ހުރުމުން، މިފަދަ ތަކެތި ރަގަޅަށް ސާފުކުރުން
މުހިންމުކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ