ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި ފިލްމީތަރި އަޒޭ ކޯޓުން ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލްމީތަރި އަހުމަދު އަޒްމީލް (އަޒޭ) ރޭ ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކުރި ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން އަޒޭ ހައްޔަރު ކުރުމަށްފަހު ކޯޓަށް މިއަދު ގެންދިއުމުން ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލުމަށެވެ. ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ދޫކޮށްލީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތުމުންނެވެ.
ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ހުރި ކޮޓަރީގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓެއް ފެނިފައިވެ އެވެ. 
ނަމަވެސް އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތުމުން އޭނާ ދޫކޮށްލަން ނިންމީ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ