32 އަހަރުގެ ޚިދުމަތަށްފަހު ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަބްދުﷲ ވަހީދު

މެދުކެނޑުމެއްނެތި 32 އަހަރުގެ ދިގު މުއްދަތަކަށް މޯލްޑިވްސް ކަސްޓަމްސްގައި ޚިދުމަތްކުރައްވައިފައިވާ، ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ ވަހީދު، އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމަށް މިއަދު ހަމަޖައްސައިފިއެވެ. އޭނާއަށް އެ މަގާމު ހަވާލުކޮށްފައި ވަނީ އެ ކުންފުނީގައި ބޭއްވި ޚާއްސަ ހަފްލާއެއްގެ ތެރެއިންނެވެ. އޭނާއަށް ރޭންކް ނިޝާން ހަވާލުކޮށްދެއްވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއުއެވެ. ކަސްޓަމްގެ ޑެޕިއުޓީ ކަމިޝަރުންގެ ދެ މަގާމު އޮވެއެވެ. https://twitter.com/CustomsMv/status/1742528879867351078 އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަނުކުރުމުގެ ކުރިން އެ މަގާމު ވަނީ އެކި ބޭފުޅުން މިދިޔަ ފަސް އަހަރު ތެރޭ ފުރުއްވައިފައެވެ. އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، މިދިޔަ ނޮވެމްބަރު މަހު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު މުހައްމަދު ވަނީ އައްޔަންކުރައްވައިފައެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފް ކަސްޓަމްސްގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ