ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް އަހްމަދު ގާލިބަށް ތާއީދުކުރަށްވާކަން ކުރީގެ ރައީސް އަބްދުالله ޔާމީން އިއުލާން ކުރައްވައިފިއެވެ.
ޖަލު ހުކުމުން މިނިވަންވެ ވަޑައިގެން ފުރަތަމަ ފަހަރަށް މަޖިލިސް ކެމްޕެއިން ދަތުރުފުޅެއްގައި ބައިވެރިވެވަޑައިގެން އިއްޔެ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ޔާމީން ވަނީ އެކަން އިއުލާން ކުރައްވާފައެވެ.
އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ގާލިބަކީ ތައުލީމީ ޒުވާނެއް ކަމަށެވެ. އަދި ހަމައެހެންމެ އެމަނިކުފާނަކީ ޒާތީ ތައްސަބަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫންކަމަށާއި ގައުމީ ބޮޑެތި މަސްލަހަތު ހިމާޔަތްކޮށްދޭ މީހެއްކަމަށްވާނަމަ އެމީހަކަށް ތާއިދުކުރައްވާނެކަމަށެވެ.
ނަމަވެސް މިހާރުގެ ސަރުކާރުން އެފަދަ އިލްމީ ގާބިލް މީހުންނަށް ޕާޓީގެ ޓިކެޓު ދިނުމުގެ ބަދަލުގައި އެހެން ކެންޑިޑޭޓުން ނެރެމުންދާ ކަން ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.
"ގާލިބްއަކީ ތައުލީމީ ޒުވާނެއް. ގާލިބަކީ އަޅުގަނޑު އާއިލާ ކުއްޖެއް ވެސް ނޫން. މުއިއްޒުގެ އާއިލާ ކުއްޖެއް. އެކަމަކު އަޅުގަނޑު އޭނާއަށް ތާއީދު އެބަކުރަމޭ. އެ ބޭފުޅުން ހަރުދަނާ ކުއްޖެއް, ތައުލީމީ ކުއްޖަކަށް ޓިކެޓު ދިނުމުގެ ބަދަލުގައި, އޭނާ މިވަގުތު ހުރީ އެމްޑީޕީގައި. އޭނާއަކީ މިކަން ކުރެވޭނެ ކުއްޖެއް," ޔާމީން ވިދާޅުވިއެވެ.
ގާލިބް އަކީ މީގެ ކުރިން ޕީޕީއެމްގެ މެންބަރެކެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތެރޭގައި ރިޔާސީ ޓިކެޓާ މެދު ހިޔާލުތަފާތުވުން އުފެދިފަިވަނިކޮށް ޕާޓީއާއެކު ކުރިއަށް ދެވެން ނެތް ކަން ހާމަކޮށް އޭނާ ވަނީ ޕީޕީއެމް އިން ވަކިވެފައެވެ. އަދި މާ ގިނަ ދުވަހެއް ނުވެ މިހާރުގެ އިދިކޮޅު އެމްޑީޕީއާ ގާލިބް ވަނީ ގުޅިވަޑައިގަންފައެވެ.
ގާލިބް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މިނިސްޓާ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމްގެވެސް އާއިލީ މީހެކެވެ.
ކެލާ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ކުރައްވާކަން ރައީސް ޔާމީން އިއުލާން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ