ސުވަރުގޭގެ މަތިވެރި ޚަޒާނާތަކުގެ ތެރެއިން މިދުނިޔޭގައި އަހަރެމެންގެ އަތްމަތީގައިވާ ޚަޒާނާއިން ލިބެންހުރި ފައިދާތައް އެނގޭނަމަ ފައިދާލިބުން ހުއްޓާވެސް ނުލާނެ!

ތަނަކުން ރަންތަކެއް ނުވަތަ ފައިސާތަކެއް ލިބެން އޮތްނަމަ ކިތަންމެ ބޮޑު ތަކްލީފެއް އުފުލައިގެންވެސް އަދި ކިތަންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލައިގެންވެސް އެއެއޗެއް ހޯދަން މަސައްކަތްކުރަމުއެވެ. އެކަމަކު ސުވަރުގޭގެ މަތިވެރި ޚަޒާނާތަކުން އެންމެ އަގުބޮޑު ޖަވާހިރުތައް އަހަރެމެންގެ އަތްމަތީގައި ހުރިއިރު ލިބިގަންނަން، ހޯދައި އެއްކުރަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟ 
ޙަދިޘްފުޅުގައި ވަނީ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ (ﷲ ގެ ޙަޟްރަތުން މެނުވީ އެއްވެސް އާރެއް ބާރެއް ލިބިގެނެއް ނުވެއެވެ.) މިއީ ސުވަރުގޭގެ ޚަޒާނާތަކުން ހިމެނިގެންވާ ކަލިމައެއް ކަމުގައެވެ. 
لا حَوْلَ وَلا قُوَّةَ إِلا بِالله  Laa Hawla Wa Laa Quwwata Il-la Bil-laah is one of the powerful statements proclaimed by the believers in Islam.
According to the glorious Prophet, Muhammad, peace be upon him, it is “one of the treasures of Paradise”. 
އިންސާނުން ދުނިޔެއަށް އުފަންވާހިނދު ރޮއިގަންނަނީއެވެ! އެކުއްޖަކަށް ރޮއިގަނެވޭ އެންމެ ބާރަކަށެވެ! އެހެނަސް ﷲ ތަޢާލާ މަލާއިކަތުން އުފައްދަވާހިނދު އެބޭކަލުން ވިދާޅުވަނީ ތަސްބީޙައެވެ! 
ސަޢީދު އިބްނި މުސައްޔިބް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. މަލާއިކަތުން ވުޖޫދު ކުރެއްވެވޭ ހިނދު މިފަދައިން ތަސްބިޙަ ވިދާޅުވެތެވެ! " لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ" (އިމާމް ޢުމަރު ސުލައިމާން)  
ގެއިން ނުކުންނަ ހިނދު " بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لا حَوْلَ وَلا قُوَّةَ إِلا بِاللَّهِ
"މިފަދައިން ކިޔާށެވެ! އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ!
لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ 
(ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ! އެންމެހައި މައިވެރިވަންތަކަން ލިބިވޮޑިގެންވަނީ ﷲ އަށެވެ! އަދި ﷲ ގެ ޙަޟްރަތުން މެނުވީ އެއްވެސް އާރެއް ބާރެއް ލިބިގެނެއް ނުވެއެވެ.) 
ޙަދީޘްފުޅުގައިވަނީ މިފަދައިން ކިޔާ މީހާގެ ފާފަތައް ކަނޑުގެ ލޮނަށްވުރެ ގިނަ ނަމަވެސް ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ. 
Abdullah bin Amr narrated that the Messenger of Allah (ﷺ) said:
“There is no one upon the earth who says: ‘None has the right to be worshipped but Allah, and Allah is the Greatest, and there is no might nor power except by Allah, (Laa ilaaha illal-laah, wal-laahu akbar, wa laa ḥawla wa lā quwwata illa billaah) except that his sins shall be pardoned, even if they were like the foam of the sea.
Tirmidhi  
މިއީ ދޫމައްޗަށް ފަސޭހަ ކަލިމަތަކެކެވެ. ހަމައެކަނި ކުރަން އޮތް ކަމަކީ ހަނދާން ބަހައްޓައިގެން ވީހައި ގިނައިން ކިޔަމުން ގެންދިއުމެވެ. ގެއިން ބޭރަށް ނުކުންނަ ހިނދުވެސް ﷲ ތައާލާގެ ރައްކައުތެރިކަމަށް އެދެމުން ގެންދިއުމެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން 
- ހަނދުމަކޮށްދިނުމެއް
 
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ