ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ މާލީ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް, އިންވެސްޓް ކުރާ ފަރާތްތަކަށް މަންފާ ލިބޭނެކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި, އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި އެ ކުންފުންޏާ ދެކޮޅަށް ކޮށްފައިވާ ޓެކުމުގެ 13 ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ގޮތުގައި ކިންގްސް ހޯލްޑިންގްސްގެ މައްޗަށް މި ދައުވާތައް ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ނޮވެމްބަރު 23، 2023، ގަ އެވެ. މި މައްސަލައިގައި ޕީޖީ އިން ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ނޝަޒްބާން ފަހުމީ, ސަހުބާން ފަހުމީ, އަދި އަލްހާން ފަހުމީގެ މައްޗަށެވެ.
މި ދައުވާތައް އަނބުރާ ގެންދިޔުމަށް ޕީޖީ އިން ނިންމާފައިވަނީ, މި ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް ދައުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަށް ބަދަލުދީ ފައިސާ ހަލާސްކޮށްފައިވާތީ އެވެ.
އެހެން ނަމަވެސް, މި މައްސަލައިގައި ބަދަލު ލިބެންޖެހޭ އިތުރު މީހުންގެ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީ އަށް ހުށަހެޅުމުން، އެ ބައިތަކުގައި ދައުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އަލްހާން އާއި ކިންގްސްގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސްފި އަލްހާން އާއި ކިންގްސްގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ