ގިނަ އަދަދެއްގެ ޑްރަގާއެކު ހަތަރު މީހުން ހައްޔަރުކޮށްފި ގިނަ އަދަދެއްގެ ޑްރަގާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ޑްރަގާއެކު މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކުރީ ހަސަން އަނަސް، 22، މޫސާ ޝަހީމް، 22، ހުސައިން ޝަރުވާން، 25، އަދި ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ނިޝާ ރާއި، 21، އެވެ.
އޭގެ ތެރެއިން ހަސަން އަނަސްގެ ބަންދަށް 15 ދުވަސް ޖެހިއިރު މޫސާ ޝަހީމް އާއި ހުސައިން ޝަރުވާން ބަންދުކުރީ ފަސް ދުވަހަށެވެ. ނޭޕާލް އަންހެން ކުއްޖާ ބަންދުކުރީ ހަތް ދުވަހަށެވެ.
އެ މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެ އެވެ. އެ ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 377 ގްރާމަށް ވުރެ އިތުރެވެ.
މިއީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ