ވަންދޫއަށް ޑްރަގު އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި

ކުޑަކުދިން ކުޅެން ގެންގުޅޭ ބެއާއެއްގެ ތެރޭގައި ފޮރުވައިގެން ތ. ވަންދުއަށް ޑްރަގު އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި އެވެ.ފުލުހުން ބުނީ އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މުހައްމަދު ނަވާޒު 25، ކަމަށެވެ. ތ. ހިރިލަންދުއަށް ނިސްބަތްވާ، އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫ ބަނދަރު މަތިން ކަމަށް ފުލުހުން ބުންޏެވެެ.މަސްތުވާތަކެތި ފެނުނީ އޭނާގެ އަތުގައި އޮތް ބެއާއެއް ފަހާފައި ހުރިކަން ފާހަގަވެގެން އޭގެ އެތެރެ ބެލުމުންނެވެ. ބެއާގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެ އެވެ. އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް، އަދި އެ ތަކެތީގައި ހުރީ ކިހާ ބަރުދަނެއް ކަމެއް ފުލުހުން ނުބުނެ އެވެ.މީގެ އިތުރުން، ފުލުހުން ބުނި ގޮތުގައި ހައްޔަރަށް ގެންގޮސް ނަވާޒުގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.މި މައްސަލަ އާއި ގުޅިގެން ނަވާޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ