ވަގު ޑޮލަރުން ވިޔަފާރިކުރުމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރުމުގެ ތުހުމަތުވާ މީހަކު ހޯދަން ފުލުހުން މިއަދު އާންމުންގެ އެހީއަށް އެދިއްޖެ އެވެ.ސޯޝަލް މީޑިއާގައި މިއަދު ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަނީ ކެފޭއަކުން ފިރިހެނަކު އެއްޗެއް ގަތުމަށްފަހު އެއަށް ފައިސާ ދައްކާ ތަނެވެ. އެހެންވެ، ލަފާ ކުރެވޭ ގޮތުން އެ މީހާ ފައިސާ ދެއްކީ ސައްހަ ނޫން ޑޮލަރުންނެވެ.ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދިފަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި، މި ފަހުން ބޭންކް ރޭޓުގައި ޑޮލަރު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ރަސްމީ ރޭޓަކީ 15.42 ނަމަވެސް ކަޅުބާޒާރުން ޑޮލަރު ގަންނަންޖެހެނީ 20 ރުފިޔާއަށްވުރެ ބޮޑުކޮށެވެ. މާލީ ދަތިތަކާ ކުރިމަތިވެ، ޑޮލަރުގެ އަގު އެހާ ބޮޑަށް އުފުލިފައި ހުންނަތާ މިހާރު އެތައް މަހެއް ވެއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ