ހުޅުމާލެ މަގު ހެދުމާއި މަގުތައް މަރާމާތުކުރަން ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ބޮޑު އަގެއްގައި މިދިޔަ ހަފްތާގައި ހަވާލުކުރީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ކަމަށް ހައުސިން ޑިވެލޮޕްމަންތް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޮޓައިމްއާއެކު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ އެ ކުންފުންޏާ ހަވާލުކުރި ހުޅުމާލެ ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން ތަރައްގީކުރުމުގެ މަސައްކަތުގެ ބަދަލުގައި އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.
ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން ތަރައްގީ ނުކުރަން ނިންމީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމާއި، އެ ސަރަހައްދުން ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އެޅުމަށް ސްޕޯޓްސް މިނިސްޓްރީން އެދުމުން ކަމަށް އެޗްޑީސީން ބުންޏެވެ.
ރޮޓައިމްއާއެކު ހެދި ސެޓްލެމްނަޓް އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭގޮތަށް ޖުމްލަ 19،001 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް އަލުން ތާރު އެޅުމަށް ވެސް އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއަށް ހަރަދުވާނީ 91،86،829.15ރ. ކަމަށާއި އެ ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ކޭޝްފްލޯއަށް ދަތިނުވާ ގޮތަށް ކަމަށެވެ. އެގޮތުން 50 ޕަސަންޓުގެ ފައިސާ އެއް އަހަރުގެ މުއްދަތަށް ބަހައިގެން ދައްކާއިރު، ބާކީ 50 ޕަސަންޓު ދައްކާނީ 2027 ވަނަ އަހަރުގެ ފެށިގެން ހަ އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މަގު ހެދުމުގެ މަޝްރޫއަށް 90 މިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދުވާއިރު، އެ މަޝްރޫއަށް އަރާނެ ކަމަށް ބެލެވެނީ 30 މިލިއަނެއްހާ ރުފިޔާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވެގެން އައިއިރު ވެސް ބޮޑު އަގުގައި ޗައިނާ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރި އެވެ.
އެ މަޝްރޫއުތަކުގެ ތެރެއިން މިހާރު ހިނގަމުން އަންނަ ހިޔާ ފްލެޓުތަކުގައި 32 ލިފްޓު ހަރުކުރުމުގެ އަގަކީ 18 މިލިއަން ޑޮލަރެވެ. ބްލެކްމާކެޓު ރޭޓުން ބަލާނަމަ އެއީ 360 މިލިއަން ރުފިޔާ އެވެ. އެތައް ގުނައެއް އަގުބޮޑުކޮށް މި މަޝްރޫއު ހަވާލުކުރުމަކީ ކޮރަޕްޝަން ކަމަށް ތުހުމަތުކުރެވެ އެވެ.
މަޖިލީހުގެ އިންތިހާބާ ދިމާކޮށް ހަވާލުކުރި މިފަދަ ބައެއް މަޝްރޫއުތައް އަދިވެސް ނުފެށި އެބަ ހުއްޓެވެ.
ހުޅުމާލެ މަގު ހަދަން ޗައިނާ ކުންފުންޏަކަށް ބޮޑު އަގެއްގައި ހަވާލުކުރީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ހުޅުމާލެ މަގު ހަދަން ޗައިނާ ކުންފުންޏަކަށް ބޮޑު އަގެއްގައި ހަވާލުކުރީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ