ރާއްޖެ ބަލިކޮށް ޕާކިސްތާން ސެމީއަށް
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ފުރަތަމަ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ރާއްޖެ 2-1 ސެޓުން ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީގެ ޖާގައެއް ހޯދައިފިއެވެ. މި މެޗާ ކުރިމަތިލި އިރުވެސް ރާއްޖެއަށް ވަނީ ސެމީގެ ފުރުސަަތު ލިބިފައެވެ. އަންނަ ހޯމަދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ވަނީ މިހާތަނަށް ދެ މެޗުން މޮޅުވެފައެވެ. އެއީ ސްރީ ލަންކާާއާއި ދެކުނު އެފްރިކާ އަތުންނެވެެ. ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ސެޓު 16-15 އިން ރާއްޖެއިން ކާމިޔާބުކުރި ނަމަވެސް ޕާކިސްތާނުން ވަނީ ދެވަނަ ސެޓު 22-10 އިން ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޕެނަލްޓީ ޝޫޓްއައުޓް ޕާކިސްތާނުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 6-7 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާތަކާއެކު ޕާކިސްތާން ވަނީ އެ ޓީމުން ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި ޕާކިސްތާން އޮތީ ހަ ޕޮއިންޓާއެކުއެވެ. އަދި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ރާއްޖެ މި ވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ގައުމެއް ދަނީ ވާދަކުރަމުންނެވެ. އެއީ ރާއްޖޭގެ އިތުރުން ޕާކިސްތާން، އިންޑިއާ، ސްރީ ލަންކާ، ދެކުނު އެފްރިކާ އަދި ބަންގްލަދޭޝް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ