ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ކޮންޓްރޯލް ކުރާ ބިލު ތަސްދީގު ނުކުރައްވަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފި އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހުން ފާސްކުރީ ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި 60 މެމްބަރުންގެ ވޯޓާއެކު އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލަކީ ގާނޫނު އަސާސީ އިން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީފައިވާ، މިނިވަންކަމާއެކު ބަސް ބުނުމުގެ ޙައްޤު ނިގުޅައިގަތުމަށް މި ސަރުކާރުން ހިންގާފައިވާ ވަރަށް ފިނޑި ޢަމަލެއް ކަމަށެވެ. އަދި މިއީ ދިވެހި ޒުވާނުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރުން މަނާކޮށް، މިސަރުކާރުގެ ވެރިން ކުރަމުންދާ ވައްކަންތައް ފޮރުވުމަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި ޣައިރު ގާނޫނީ ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް މުޢިއްޒުއަށް އިލްތިމާސްކުރަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، ރާއްޖޭގެ ޑިމޮކްރަސީގެ ޙިމާޔަތުގައި އެންމެހާ ރައްޔިތުން ސާބިތުކަންމަތީ އިޙުތިޖާޖު ކުރުމަށް ވެސް ގޮވާލާފަ އެވެ.
މީޑިއާ ބިލު ތަސްދީގު ނުކުރަން ޝާހިދު ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ