ހާފިޒުންނަށް ރައީސްގެ މެޑަލް ދޭނީ ރޯދަމަހު އޮންނަ ޖަލްސާގައި

ގުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ދެއްވާ އިނާމާއި މެޑަލް މީގެ ފަހުން ދެއްވާނީ ރޯދަ މަހުގެ 27 ވިލޭރޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.އިސްލާމިކް މިނިސްޓްރީގައި މިދިޔަ މާޗު މަހު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި 24 ހާފިޒަކަށް، ހާފިޒުކަމުގެ ސަނަދު އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ.ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.ރައީސް އޮފީހުން މިއަދު ބުނީ ހާފިޒުންނަށް އިނާމާއި މެޑަލް ދިނުމުގެ ހަފުލާ ރޯދަމަހު 27 ވިލޭރޭ ބާއްވާ ގޮތަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ރައީސް ނިންމެވީ އެއީ ހާފިޒުންނަށް ހާއްސަ ކުރަން އެންމެ ރަނގަޅު ރޭ ކަމަށް ވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަމާޒަކީ އަހަރަކު 100 ހާފިޒުން ދަސްވެނިވާ ވަރަށް ހާފިޒުން ބިނާ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމެވެ.ސަރުކާރުން މިދިޔަ މަހު ވަނީ މީގެ ކުރިން ހާފިޒުންނަށް ދެމުން އައި 2،000ރ. ގެ އެލަވަންސް 4،000ރ. އަށް ބޮޑުކޮށް އެ ފައިސާ ޖަމާކުރަން ވެސް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ