ފިނޭންސް މިނިސްޓަރު ޒަމީރު އޮޕަރޭޝަނެއް ކޮށްފި
ސިއްހީ ހާލަތެއް މެދުވެރިވެގެން ކުރިން ރާވައިގެން ކުރަންޖެހޭ އޮޕަރޭޝަނެއް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ކުރައްވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެކަމަކު، އެއީ ކީއްވެ ކުރި، ކޮން އޮޕަރޭޝަނެއް ކަމެއް އެ އޮފީހުން ނުބުނެއެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކުރިއާލާ ރާވައިގެން ކުރަންޖެހޭ އޮޕަރޭޝަނެއް މިނިސްޓަރު މިއަދު ކުރައްވާފައިވާ ކަމަށެވެ. އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިނިސްޓަރުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. މިނިސްޓަރު އަންނަ ހަފުތާގައި އެނބުރި އޮފީހަށް ނުކުންނަވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ޒަމީރު މިއަދު އޮޕަރޭޝަނެއް ކުރެއްވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިރޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައެވެ. އެކަމަކު، އޮޕަރޭޝަންގެ ސަބަބުން މިރޭގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރަށް ބަައިވެރިވެވަޑައިނުގެންނެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ