އޮލިމްޕަހަށް ބާރުބޮޑުވުމުގެ ސަބަބުން އަލިފާނުގެ ފަހު ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.
އޮލިމްޕަހުގައި ދައްކަމުންދާ "އަލިފާން" ފިލްމާ ގުޅޭގޮތުން ޑާކްރެއިނުން ބުނީ އެ ފިލްމްގެ އެންމެ ފަހު ޝޯ މިމަހު 19 ވަނަ ދުވަހުގެ ރޭ ދެއްކުމަށް ނިންމާފައިވާކަމަށެވެ. އަލިފާނުގެ ފަހުޝޯ އަންނަ ހޮނިހިރުދުވަހުގެ ރޭ ދެއްކުމަށް ނިންމީ އޮލިމްޕަސް ބާރުބޮޑުވެ ކުރިއަށް ގިނަ ފިލްމްތަކެއް ހުރުމުންނެވެ.
ޑާކްރެއިނުން އެންމެފަހުން އޮލިމްޕަހަށް ގެނެސްދިން "އަލިފާން" ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު، ފިލްމް ބެލި ގިނަބަޔަކު މި ފިލްމް ސިފަކުރީ ވަރަށް ތަފާތު ފިލްމެއްގެ ގޮތުގައެވެ. އެގޮތުން މިފަދަ ފިލްމެއް އަދި މިހާތަނަށް ދިވެހި ސިނަމާއިން ފެނިފައި ނުވާކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
ޑާކްރެއިނުން ބުނީ ފިލްމްގެ ޓިކެޓް އޮލިމްޕަހުންނާއި، ހޮޓްލައިން 9911229 އަށް ގުޅުމުން ލިބޭނޭކަމަށެވެ.
އަލިފާން، މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ކުލަދާނަ އެކްޓަރު ރަވީ ފާރޫގާއި، ތަޖްރިބާކާރު އެކްޓްރެސް ޝީލާ ނަޖީބް ހިމެނެއެވެ. މީގެ އިތުރުންމިހާރު ދިވެހި ސިނަމާގައި އެންމެ ވިދުންގަދަކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ޝަރަފް ހިމެނެއެވެ. މީގެ އިތުރުން މި ފިލްމުގައި ޖޭމް އައްލޯ އާއި އާދަމް ރިޒްވީ، މައިހާ އާދަމް، އާއިމިނަތް ސުހާ، މޫސާ އަލީފް، މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު ހާޒިފް ހިމެނެ އެވެ.
އާއިޝަތު ފުއާދު އަދި މޮގަރ ޕްރޮޑިއުސްކުރާ ފިލްމްގެ ވާހަކަ ލިޔުނީ، އަހުމަދު ތޮލާލް އެވެ. އެޑިޓް އަދި ޑައިރެކްޓަރަކީ ރަވީ ފާރޫގްގެ އިތުރުން އަލީ ޝިފާއުއެވެ. މި ފިލްމްގެ މަންޒަރުތައް ފުރިހަމަ ވުމުގައި ރިއާލިޓީ ޕްރޮޑިއުސަރެއްކަމަށްވާ ވިޝާލް ޒަކީގެ އިތުރުން އަހުމަދު ޒިފާފްގެ މަސައްކަތް ފާހަގަކޮށްލެވޭއިރު، މޭކަޕް އާޓިސްޓަކީ ހަސަން އާދަމް އެވެ.
އަލިފާނުގެ އެންމެ ފަހު ޝޯ މިމަހު 19 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ