ސައުދީ ކްރައުން ޕްރިންސާއި ރޮނާލްޑޯ އެއް ދުވަހެއްގައި ވައިޓް ހައުސް އަށް ސައުދީ ކްރައުން ޕްރިންސާއި ރޮނާލްޑޯ އެއް ދުވަހެއްގައި ވައިޓް ހައުސް އަށް

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 19) - ސައުދީ އަރަބިއްޔާގެ ވަލީ އަހުދު، އަމީރު މުހައްމަދު ބިން ސަލްމާން އާއި ސައުދީ ޕްރޮފެޝަނަލް ލީގުގައި ކުޅެމުން އަންނަ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެއް ދުވަހެއްގައި އެމެރިކާގެ ވައިޓް ހައުސް އަށް ޒިޔާރަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެފި އެވެ.
މިއީ، 2018 ވަނަ އަހަރުގެ ފަހުން ވަލީ އަހުދު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެމެރިކާގައި 600 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައިވާކަން ސައުދީއިން ވަނީ މީގެކުރިން އިއުލާނުކޮށްފަ އެވެ. އަނެއްކޮޅުން މިއީ، 2016 ވަނަ އަހަރުގެ ފަހުން، ރޮނާލްޑޯ އެމެރިކާ އަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އަންހެނެއް ކަމަށްވާ ކެތަރިން މަޔޯގާ، ރޭޕްކުރި ކަމަށް ރޮނާލްޑޯގެ މައްޗަށް ތުހުމަތު ކުރެވުނުއިރު، 2019 ވަނަ އަހަރު އެމެރިކާގެ ޕްރޮސެކިއުޓަރުން ވަނީ، ރޮނާލްޑޯގެ މައްޗަށް ކުރެވެނީ ހަގީގަތާ ހިލާފު ތުހުމަތެއް ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވި ހާއްސަ ފަރިއްކުޅުވުމެއްގައި ވަލީ އަހުދު މުހައްމަދުގެ ޑެލިގޭޝަނުގައި ހިމެނިގެން ރޮނާލްޑޯ ބައިވެރިވަނީ.
ވައިޓް ހައުސް އަށް ވަލީ އަހުދު، މުހައްމަދު ވަޑައިގަންނަވާއިރު، ޑެލިގޭޝަނުގައި ރޮނާލްޑޯ، 40، ހިމެނޭތޯ ކުރި ސުވާލަށް ވައިޓް ހައުސް އިން ސީދާ ޖަވާބެއް ދީފައިނުވެ އެވެ. އެކަމަކު، އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ވަލީ އަހުދު، މުހައްމަދުގެ ޑެލިގޭޝަނުގައި ރޮނާލްޑޯ ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، މި އަހަރު، އަލް ނަސްރާ އެކު، ރޮނާލްޑޯ ސޮއިކުރި 400 މިލިއަން ޑޮލަރުގެ އަގުހުރި ކޮންޓްރެކްޓްގައިވާ ގޮތުން، ސައުދީގެ އެކި ޕްރޮމޯޯޝަނަލް އިވެންޓްތަކުގައި ރޮނާލްޑޯ ބައިވެރިވާން ޖެހެ އެވެ. އެ ގޮތުން، މި މަހު ރޮނާލްޑޯ ވަނީ ސައުދީ ޓޫރިޒަމްގެ އިވެންޓެއްގައި ވެސް ބައިވެރިވެފަ އެވެ. އަދި، ދާދި ފަހުން، ޕިއާސް މޯގަން އަށް ދިން އިންޓަވިއުއެއްގައި، ވަލީ އަހުދު، މުހައްމަދު އަކީ "އަހަރެމެންގެ ބޮސް" ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ރޮނާލްޑޯ އަކީ، ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދަމުން ބިލިއަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާ ކަމަށް ބްލޫމްބާގްގެ ތަފާސްހިސާބުތަކުން ދާދި ފަހުން ވަނީ ދައްކައިފަ އެވެ.
ބްލޫމްބާގްގެ ބިލިއަނަރު އިންޑެކްސް އިން ދައްކާގޮތުގައި، ރޮނާލްޑޯގެ މިލްކިއްޔާތު މިހާރު އަގުކުރެވިފައިވަނީ، 1.4 ބިލިއަން ޑޮލަރުގަ އެވެ. އެއީ، 2002 އިން 2023 އަށް ބަލާއިރު، އާމްދަނީ އަށް ލިބިފައިވާ، 550 މިލިއަން ޑޮލަރުގެ އިތުރުން، ސްޕޮންސަޝިޕް ޑީލްތަކާއި ޓީވީ އިސްތިހާރުތަކުގެ އިތުރުން، 10 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާ، ނައިކީގެ އަހަރަކު 18 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓް ވެސް ހިމެނޭ ގޮތަށެވެ.
ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް 2023 ވަނަ އަހަރު ރޮނާލްޑޯ ބަދަލުވީ، ޖުމްލަ އެކު، 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކޮންޓްރެކްޓެއްގަ އެވެ. އަދި، ދާދި ފަހުން އަލް ނަސްރުގެ ކޮންޓްރެކްޓް އާ ކުރީ، ޖުމްލަ އެކު، 400 މިލިއަން ޑޮލަރު ލިބޭ ގޮތަށް ދެ އަހަރުގެ ޑީލެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ