ޑޮލަރުތައް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔުމުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ފޭރުމުގެ މި ހާދިސާ ހިންގާފައިވަނީ 27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ފަތިހު ވީއައިއޭ ޓާމިނަލް  ޓާމިނަލް 1 އަށް ދާ ވޯކްވޭގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:
ފުލުހުން މިއަދު ބުނިގޮތުގައި މި ފޭރުމުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ލޯންޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މިކަމާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 27 އޮކްޓޯބަރު ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. އެނގިފައިވާގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. ސޫޓް ކޭސް ފޭރިގަތުމަށްފަހު އެ މީހުން ވަނީ ލޯންޗެއްގައި ފިލާފައެވެ.
އެމީހުން ހައްޔަރުކުރީ ފިލައިގެންގޮސް ކ. ހުރާގައި ތިއްބައި ހަމަ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ